ENGLISH
07 އޭޕްރީލު 2026
ގެމަނަފުށި ގަދަކޮށް ސަރުކާރާއެކު: 10 ގޮނޑިން 9 ގޮނޑި ކޮންގްރެސްއަށް، އެމްޑީޕީއަށް ސުމެއް
07 އޭޕްރީލު 2026
|
ގެމަނަފުށީގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ގއ. ގެމަނަފުށީން 10 ގޮނޑި ނުވަ ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ގެމަނަފުށީ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ އިސްމާއީލް ޔާމީންނެވެ. ޔާމީން ވަނީ 585 ވޯޓް ހޯދާފަ އެވެ. ޔާމީންއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް އިބްރާހިމް ނާޝިދުއަށް ލިބުނީ 330 ވޯޓެވެ.
ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބުކުރީ ކޮންގްރެސްގެ ކެންޑިޑޭޓް ޒައިނަތު މުހައްމަދެވެ. ޒައިނަތު ވަނީ 435 ވޯޓް ހޯދާފަ އެވެ. އަނެއް ގޮނޑި ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށެވެ. ކޮންގްރެސްގެ ކެންޑިޑޭޓް އައިޝަތު ޝުރުފާއަށް ގޮނޑި ގެއްލުނީ އެންމެ ތިން ވޯޓުންނެވެ.
ކައުންސިލްގައި ދެން ހިމެނޭ އަނެއް ދެ ގޮނޑިވެސް ކާމިޔާބު ކުރީ ކޮންގްރެސްެގެ ދެ ކެންޑިޑޭޓުންނެވެ. ކޮންގްރެސްގެ ކެންޑިޑޭޓް އާދަމް ހަލީމް 463 ވޯޓް ހޯދާފައިވާއިރު އަބްދުލް ހަންނާން ވަނީ 429 ވޯޓް ހޯދާފަ އެވެ.
ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ގެމަނަފުށީ އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަސް ގޮނޑި ވެސް ކާމިޔާބުކުރީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނެވެ. ގެމަނަފުށީ އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބީ ރައީސާ އަކީ އައިޝަތު މިސްޤާ އެވެ. މިސްޤާ ވަނީ 593 ވޯޓް ހޯދާފަ އެވެ.
ދެން އިންތިޚާބުވީ ފާތިމަތު އަންޖޫނާ އާއި ހައްވާ އާދިލާ އާއި އައިޝަތު އަޒްހާ އާއި ފާތިމަަތު ޒިލްމާ އެވެ. އަންޖޫނާ ވަނީ 591 ވޯޓް ހޯދާފަ އެވެ. އާދިލާއަށް 566 ވޯޓް ލިބުނެވެ. އަޒްހާއަށް 498 ވޯޓް އަދި ޒިލްމާއަށް 451 ވޯޓް ލިބިފައިވެ އެވެ.
މި ނަތީޖާއާއެކު ގެމަނަފުށީން ވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް އެ ރަށުގައި އޮތް ތާއީދު ދައްކާލާ ކުރީއްސުރެ އެ ފިކުރަށް އޮތް ތާއީދު އެ ގޮތުގައި އޮތްކަން ހާމަކޮށްދީފަ އެވެ.