ENGLISH
07 އޭޕްރީލު 2026
އެމްޑީޕީ ރޫޅުން ކުރިއަށް؛ އިބްރޭވެސް ވަކިކޮށްފި، އޭނާ ބުނީ ގަޕޯ މޮޔަވެއްޖެ ކަމަށް
07 އޭޕްރީލު 2026
|
އިބްރާހިމް ވަހީދު --
އެންމެ މަޤްބޫލު
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު (އިދާރީ) ކަމުން އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަކިކޮށްފި އެވެ.
އިބްރޭ ވަކިކޮށްފައިވާކަން އަންގާ އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްޣަފޫރު މޫސާ ސޮއިކޮށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރަން ވާނެ ކަމަށް ބަޔާންކޮށް ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނާއިބު ކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިނުވާތީ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނާއިބު އިދާރީ ކަމުން އިބްރާހިމް ވަހީދު ވަކިކޮށްފައިވާ ކަަމަށެވެ.
އެ ނިންމުމާއި ގުޅޭގޮތުން އިބްރޭ ބުނީ ޣަފޫރު ރަނގަޅަށް މޮޔަވެއްޖެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި މިހާރު އޮތީ ލިބުނު ކާމިޔާބީގެ ކްރެޑިޓް ހޯދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދި އަލުން ފެކްޝަން ފޯރިގަދަވެފަ އެވެ.
ރޭ އޮތް އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ. އެ ދެ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިނުގެންނެވި އެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިިއިރުތެރޭ ނިންމާލި އެވެ.
އެ ޖަލްސާގައި ނަޝީދުގެ ސަޕޯޓަރުން ވަނީ "އަންނި ކޮބާ" ގޮވާ އަޑުގަދަ ކޮށްފަ އެވެ.