ENGLISH

07 އޭޕްރީލު 2026

Advertisement

ބ. މާޅޮހުން ސަރުކާރަށް ބޮޑުކޮށް އާއެކޭ, ކޮންގްރެސްގެ ފަސް ކެންޑިޑޭޓުން ހޮވައިފި

07 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބ. މާޅޮހުގެ އިންތިޚާބީ މެންބަރުން --

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ބ. މާޅޮހުން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަސް ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި މާޅޮހު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުކުރީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ތޯރިޤް ޢަބްދުއްރައްޒާޤް އެވެ. ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑިއަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ދީނާ އަލީ އެވެ.

ކައުންސިލް މެންބަރު ކަމަށް އިންތިޚާބުކުރީ ސާފީ ހަސަަން އެވެ.

މާޅޮހު އަންހެނުންްގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބު ކުރީ ވެސް ކޮންގްރެސްގެ ކެންޑިޑޭޓެވެ. އެ މަޤާމަށް އިންތިޚާބުވީ ޞަފޫރާ އިބްރާހިމް އެވެ. އެ ކޮމެޓީގެ މެންބަރު ކަމުގެ މަޤާމަށް އިންތިޚާބުވީ ވެސް ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. އެއީ ނަޢީމާ ޢަބްދުލް ޣަފޫރު އެވެ.

ކިޔުންތެރިންގެ ހިޔާލު