ENGLISH
07 އޭޕްރީލު 2026
ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ މަޤާމުން ރިޓަޔަރ ކުރެއްވުމަށް އަންގާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް
07 އޭޕްރީލު 2026
|
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ
އެންމެ މަޤްބޫލު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ބުނީ ފަރުހާދު ފިކުރީ މިހާރުވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި، މުއައްސަސާގެ ޚިދުމަތުގައި ކަމަށެވެ.
ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ސަރުކާރާއި ދެކޮޅު ބައެއް ނޫސްތަކާއި ސިޔާސީ އެކްޓިވިސްޓުން ދަނީ ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ.
މީގެ ދުވަސްކޮޅެއްގެ ކުރީން ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގެވީވެސް ފަރުހާދެވެ. އެއީ ކުރީން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔަރ ކުރެއްވުމުން އައު ކޮމިޝަނަރު އައްޔަނު ކުރަންދެނެވެ.