ENGLISH

07 އޭޕްރީލު 2026

Advertisement

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަރޝިޕް ސަރފިންގެ އެތުލީޓު ސައްޔިދަށް

07 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހުޅުވާލި ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުޞަތު ސަރފިންގ އެތުލީޓު، ސައްޔިދު ސަލާޙުއްދީން ހާސިލްކޮށްފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ތަމްރީންތައް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދިޔައީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެއެވެ.

މީގެއިތުރުން، މުބާރާތާއި ޓްރެއިނިންގ އަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ފުރިހަމަ ކާމިޔާބީއަކަށް ވާސިލުވުމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުން ތަމްރީނު ހޯދުމަށް ބޭންކުން ފުރުޞަތު ފަހިކޮށްދޭ ސްކޮލަރޝިޕެކެވެ.

އެމްއޯސީއާ ގުޅިގެން ބީއެމްއެލް އިން ހިންގާ މި ސްކޮލަރޝިޕަށް އެތުލީޓު ހޮވާފައި ވަނީ ހުރިހާ އެސޯސިއޭޝަންތަކުން ލިބުނު އެޕްލިކޭޝަންތަކުގެ އިވެލުއޭޝަންތަކެއް ހެދުމަށްފަހު އެމްއޯސީ އިންނެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންނުން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ޚާއްސަ އެވޯޑެއްވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު