ENGLISH
07 އޭޕްރީލު 2026
ނުރައްކާތެރި އެކްސިޑެންޓެއް، 22 އަހަރުގެ ޒުވާނަކަށް ވަރަށް އަނިޔާވެ ހާލު ސީރިއަސް
07 އޭޕްރީލު 2026
|
އެކްސިޑެންޓްގައި ކާރަށް ގެއްލުންވެފައި
އެންމެ މަޤްބޫލު
ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ޒުވާނަކަށް ވަރަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓްވީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 14:16 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ޒުވާނާ އެވެ. ފަހަތުގައި އިނީ 19 އަހަރުގެ ޒުވާނެކެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.