ENGLISH
07 އޭޕްރީލު 2026
ސަރުކާރުގެ އަމާޒަކީ ތެލާއި ގޭހުގެ ބޮޑުނުކޮށް ޢާންމުންނަށް ފޯރުކޮށްދިނުން: ވަޒީރުންގެ ޚާއްސަ ކޮމެޓީ
07 އޭޕްރީލު 2026
|
ވަޒީރުންގެ ބައްދަލްވުން --
އެންމެ މަޤްބޫލު
ސަރުކާރުގެ އަމާޒަކީ ތެލާއި ގޭހުގެ ބޮޑުނުކޮށް ޢާންމުންނަށް ފޯރުކޮށްދިނުން ކަމަށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބުނެފި އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަށް އުފުލިފައިވާ ކަމަށެވެ. އަދި ދުވަހެއް ދުވަހަަކަށް ތެލުގެ އަގު އުފުލެމުންދާ ކަމަށެވެ.
ނަމަވެސް އެދަތިކަން ދިވެހިރައްޔިތުންނަށް ތަހަންމަލުކުރަން ނުޖެހޭ ނުވަތަ ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ވަރަށް އިސްކަން ދީގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓް އަގުބޮޑު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ކަރަންޓް ޓެރިފް ރޭޓަށް ބަދަލު ގެނައުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެެރީންގެ ބައްދަލްވުމުގައި އިޤްތިސާދާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ގޭސް ލިބުން ދަތިނުވާނެ ކަން ކަށަވަރު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ގޭހުގެ އަގު ބޮޑުވިޔަ ނުދީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
މިރޭވެސް ގޭހުގެ އައު ޝިޕްމަންޓެއް ލިބޭނެ ކަމަށާ އެސްޓީއޯއާ ވިލާ ކުންފުންޏާއި މަޝްވަރާކޮށް ގޭސް އަގުބޮޑުވިޔަ ނުދިނުމަށް އިސްކަން ދީގެން މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވި އެވެ.
"ގޭހުގެ އަގު ބޮޑުވާކަށް އަޅުގަނޑުމެން ފުރުސަތެއް، ހަމަ ކިރިޔާވެސް ފުރުސަތެއް އޮތިއްޔާ އެކަމަކަށް ފުރުސަތެއް ނުދޭނަން," ވަޒީރު ވިދާޅުވި އެވެ.