ENGLISH
07 އޭޕްރީލު 2026
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން ވަކިކޮށްފި, ތުހުމަތަކީ އަންނިއާއި ފަޔާޒަށް ތާއީދުކުރުން
07 އޭޕްރީލު 2026
|
މައުރޫފް --
އެންމެ މަޤްބޫލު
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މަޢުރޫފް މަޤާމުން ވަކިކޮށްފި އެވެ.
އެ ޕާޓީގެ ތެރޭގައި މިހާރު އޮތީ ލިބުނު ކާމިޔާބީގެ ކްރެޑިޓް ހޯދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދި އަލުން ފެކްޝަން ފޯރިގަދަވެފަ އެވެ. އެ ފޯރިގަދަވެފައި ވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކޮށް މަޢުރޫފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން އޭނާ އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަޢުރޫފަށް އޮތް ތުހުމަތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އާއި ފައްޔާޒް އިސްމާއީލަށް ތާއީދު ކުރުމެވެ.
ރޭ އޮތް އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން މައްސަލަ ހޫނުވި އެވެ. އެ ދެ ބޭފުޅުން ޖަލްސާއަށްވެސް ވަޑައިނުގެންނެވި އެވެ. އަދި އުފާފާޅުކުރުމުގެ ނަމުގައި ބޭއްވި ޖަލްސާ މާބޮޑު ފޯރިއެއް ނެތި އެއް ގަޑިިއިރުތެރޭ ނިންމާލި އެވެ.
އެ ޖަލްސާގައި ނަޝީދުގެ ސަޕޯޓަރުން ވަނީ "އަންނި ކޮބާ" ގޮވާ އަޑުގަދަ ކޮށްފަ އެވެ.