ENGLISH
07 އޭޕްރީލު 2026
މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި
07 އޭޕްރީލު 2026
|
މަރުހޫމް މޫސާ ރަމީޒުގެ ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރު ސޮއިކުރައްވަނީ. ފޮޓޯ؛މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
އެންމެ މަޤްބޫލު
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި އެވެ.
މިނިސްޓްރީން ބުނީ މިއަދު ހުޅުވި، ތަޢުޒިޔާގެ ދަފުތަރުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ސޮއިކުރައްވާފައި ވާކަމަށެވެ.
މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ އޮންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ފެށިގެން 14.00 އަށެވެ.
މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓަރ ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަރްޙޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ. އަދި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި، ލޯބި ހޯއްދެވި ވެރިއެއް ކަމަށެވެ.
މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ. ވަކީން ޚާއްޞަކޮށް، ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި އެވެ.
މީގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އަދި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރެއްވި އެވެ.