ENGLISH
07 އޭޕްރީލު 2026
ފެން ކުންފުނީގެ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކުރައްވައިފި
07 އޭޕްރީލު 2026
|
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުން ވަކިކުރި ޝާހިދު (ކ)
އެންމެ މަޤްބޫލު
ސަރުކާރުގެ ފެން ކުންފުނި -އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝާހިދު ރޭ ވަކިކުރައްވައިފި އެވެ.
އެމްޑަބްލިއުއެސްސީގައި ޝާހިދުގެ އިތުރުން ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.
ދައުލަތުގެ ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރަނީ އެ ކުންފުންޏެއްގެ ބޯޑުން ފާސްކޮށްގެން ނެވެ.
ޝާހިދު އެމަގާމަށް އައްޔަނުކުރެއްވީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.
ފެން ކުންފުނީގެ ޑީއެމްޑީއަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފަ އެވެ.
އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ހަ ބޭފުޅުންގެ މައްޗަށެވެ. އެ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ޝާހިދު ހިމެނޭހެން 11 ބޭފުޅުން ތިއްބަވަ އެވެ.