ENGLISH

07 އޭޕްރީލު 2026

Advertisement

ގައުމީ ބޭންކުގެ އެހީގައި އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

07 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ގައުމީ ބޭންކުގެ އެހީގައި އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ވަނީ ގާއިމުކޮށްފައި. ފޮޓޯ؛ބީއެމްއެލް

ގައުމީ ބޭންކް- ބޭންކް އޮފް މޯލްޑިވްސްއިން އިސްނަގައިގެން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަރ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފި އެވެ.

ބޭންކުން ބުނީ މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައިކަމަށެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުންކަމަށް ގައުމީ ބޭންކުން މައުލޫމާތު ދެއެވެ.  އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައިވާނެކަން ބޭންކުން ހާމަކުރެ އެވެ. 

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބޭންކުން ހާއްސަ އިސްކަމެއްދޭ. ފޮޓޯ؛ބީއެމްއެލް 

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައި ވެއެވެ.

އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން އަބަދު ވެސް ޚާއްސަ އިސްކަމެއްދޭންކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު