ENGLISH

05 އޭޕްރީލު 2026

Advertisement

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް މިމަހުގެ 13 ގައި

05 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ސީއޭއެމް

13 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި މުބާރާތުގައި ވާދަކުރަން ބޭނުންވާ ފަރާތަކަށް ކެރަމް އެސޯސިއޭޝަނުން މިހާރު ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 22:00 އާއި ހަމައަށެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ 13 އޭޕްރީލްގައި ކެރަމް ހޯލުގަ އެވެ. މި މުބާރާތް ކުރިއަށްގެންދާނީ ހުޅުމާލެ ކެރަމް ހޯލުގަ އެވެ. 

މި މުބާރާތުގައި ޖޫނިއާ ބޯއީސް ސިންގަލްސް، ޖޫނިއާ ގާލްސް ސިންގަލް، ޖޫނިއާ ބޯއީސް ޑަބަލްސް، ސީނިއާ މެންސް ސިންގަލްސް، ސީނިއާ ވުމެންސް ސިންގަލްސް ސީނިއާ މެންސް ޑަބަލްސް ސީނިއާ މުވެންސް ޑަބަލްސް އަދި އޯޕަން ސިންގަލްސް އިވެންޓު ހިމެނެ އެވެ. 

މި މުބާރާތުގައި ސީނިއާ ކެޓަގަރީގައި ވާދަކުރާނަމަ 150 ރުފިޔާ އަދި ޖޫނިއާ ކެޓަގަރީގައި ވާދަކުރާނަމަ 100 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. 

ކިޔުންތެރިންގެ ހިޔާލު