ENGLISH
04 އޭޕްރީލު 2026
ކައުންސިލް އަދި އތމ އިންތިޚާބުތަކުގައި ޕީއެންސީގެ ކާމިޔާބުދަނީ ފުޅާވަމުން، ކުރިހޯދަމުން
04 އޭޕްރީލު 2026
އެންމެ މަޤްބޫލު
ފ. ނިލަންދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދު ކާމިޔާބުކޮށްފި. ކައުންސިލް ރައީސްކަމަށް ދެން ވާދަކުރެއްވީ މިނިވަން ދެ ކެންޑިޑޭޓުން ކަމަށްވާ މުޙައްމަދު ޚަލީލް އަދި ޙައްވާ އަބްދުލްޢަޒީޒް.
ނިލަންދޫ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ކާމިޔާބުކޮށް ނިލަންދޫގެ މެޖޯރިޓީ ވަނީ ޕީއެންސީއިން ހޯދައިފަ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާތައް މިހާރު އަންނަން ފަށާފައިވާއިރު، ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް، އިޙްތިރާމްކޮށް ސުލްހަވެރިކަން އިސްކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި.
އެޗްއާރުސީއެމްއިން މީސްމިޑީއާގައި ކުރި ޕޯސްޓުގައި ބުނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް އިލްތިމާސްކުރާކަމަށް.
އިންތިހާބުގެ ނަތީޖާއަށް އިޙްތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯދުމަށް އެ ކޮމިޝަނުން ވަނީ އެދިފަ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރަމުންދަނީ ޕީއެންސީއިން. އެގޮތުން މިރޭ 22:15 އާ ހަމައަށް ޕީއެންސީއިން ވަނީ ކައުންސިލްގެ 130 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 54 ގޮނޑި ކާމިޔާބުކޮށްފަ. ޕީއެންސީއިން ޖުމްލަ 184 ގޮނޑި މިހާތަނަށް ވަނީ ކާމިޔާބުކޮށްފަ
ގުނުން ހުއްޓިފައި އޮތް މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ފޮށީގެ ވޯޓު ގުނުން އަލުން ފަށައިފި. މި ވޯޓު ގުނުން ހުއްޓުނީ ބާތިލް ވޯޓު ގުނުމުގައި ހިޔާލުތަފާތުވެގެން.
އިލެކްޝަންސް ކޮމިޝަން: އަދިވެސް މިހާތަަނަށް ހަތް ވޯޓު ފޮއްޓެއް ބަންދު ކުރެވިފައެއް ނުވޭ. އެ ވޯޓު ފޮށިތައް ބަންދު ކުރެވިފައި ނުވަނީ ވޯޓުލުން ކުރިއަށްދާތީ
މިގޮތުން މިހާތަނަށް ބަންދު ކުރެވިފައި ވަނީ 588 ފޮއްޓެއްގެ ތެރެއިން، 581 ވޯޓު.
ތ. ވިލުފުށި ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ނައީމް ކާމިޔާބުކޮށްފިއެވެ.
ވިލުފުށި ކައުންސިލަށް ދެން ވާދަކުރަނީ ދަ ޑިމޮކްރަޓްސްގެ ފަރާތުން މައުމޫން ސުލައިމާން އަދި އަމިއްލަ ކެންޑިޑޭޓް މަހުމޫދު ނާއިލް އެވެ.
ޖުމްލަ 588 ފޮށީގެ ތެރެއިން މިހާތަނަށް 575 ވޯޓު ފޮށި ވަނީ ބަންދުކޮށްފަ. ބަންދުނުކޮށް ހުރީ 13 ފޮށި. އެފޮށިތައް ބަންދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.
މިހާތަނަށް އައިއިރު ކައުންސިލް ގޮނޑިއާއި އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑި ގިނައިން ކާމިޔާބުކޮށްފައިވަނީ ޕީއެންސީއިން.
މިއަދު ބޭއްވި އިންތިޚާބުތަކުގައި ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޖުމްލަ 1362 ކެންޑިޑޭޓުން އިންތިޚާބުކުރާނެ.
ޕީއެންސީ 104
އެމްޑީޕީ 31
އަމިއްލަ ގޮތުން 24
އަދާލަތު 3
އެމްޑީއޭ 3
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީއިން ގިނަ ގޮނޑިތައް ކާމިޔާބުކުރަން ފަށައިފިއެވެ.
މިއަދު ކުރިއަށްދިޔަ ތިން ވަނަ އިންތިޚާބަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.
މިހާތަނަށް އައިއިރު، ޕީއެންސީ އިން ވަނީ 108 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބިފައިވަނީ 36 ގޮނޑިއެވެ.
މިފަހަރުގެ އިންތިޚާބުގައި، 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެތެރޭގައި ހިމެނެނީ 144506 އަންހެނުންނާއި 150370 ފިރިހެނުންނެވެ.