ENGLISH

04 އޭޕްރީލު 2026

Advertisement

ތިން އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި

04 އޭޕްރީލު 2026

|

ޢަލީ ޝަހީމް

މިއަދުގެ ވޯޓުލުން ކުރިއަށްދަނީ. މިހާރު ވަނީ ވޯޓު ގުނަން ފަށާފައި. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ވޯޓުލުން ކުރިއަށްދިޔަ ތިން އިންތިޚާބުގެ ވޯޓު ގުނަން ފަށައިފިއެވެ. 

މިއަދު ކުރިއަށްދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ. 

ވޯޓުލާން އެންމެ ފުރަތަމަ ހަމަޖެއްސީ މިއަދު ހެނދުނު 8 އިން 4 އަށެވެ. އެހެންނަމަވެސް، އާއްމުންގެ ހުށަހެޅުންތަކާ އެކު ވޯޓުލުން ބަންދުވާ ގަޑި ހަވީރު 5 އަށް ބަދަލުކުރިއެވެ. ހަވީރު 5 ޖެހުމާއެކު ވޯޓު ކިޔޫތައް ވަނީ ބަންދުކޮށްފައެވެ. 

ކިޔޫ ބަންދުކުރިއިރުވެސް ގިނަ ބަޔަކު ވޯޓުލާން ތިބިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ކިޔޫ ބަންދުކުރުމަށް ފަހު 30 މިނެޓު ފަހުން ވަނީ ވޯޓު ގުނަަން ފަށައިފައެވެ. 

އެންމެ ފުރަތަމަ އިއުލާނުކުރާނީ ކައުންސިލް އިންތިޚާބުގެ ނަތީޖާއެވެ. އޭގެފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ގުނާއިރު، އެންމެ ފަހުން ގުނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވީރު 4 ޖެހިއިރު އާއްމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން، އޭރު ވޯޓު ލާފައިވާ އިންސައްތައަކީ 62.98 އިންސައްތައެވެ. އެއީ 185،709 މީހުންނެވެ. 

"ދިވެހީންގެ ނިންމުން" ނަމުގައި "އެމްއެމް" ގެ ވެބްސައިޓް އަދި ޓީވީން އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު