ENGLISH
11 ޖޫން 2026
އޭޝިއަން އޯޕަން ވޯޓަރ ޗެމްޕިއަންޝިޕުގައި ވާދަކުރާ ފެތުންތެރިން އިންޑޮނޭޝިއާއަށް
11 ޖޫން 2026
|
އޭޝިއަން އޯޕަން ވޯޓަރ ސްވިމިންގ ޗެމްޕިއަންޝިޕުގައި ވާދަކުރާ ފެތުންތެރިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އެންމެ މަޤްބޫލު
12 ވަނަ އޭޝިއަން އޯޕަން ވޯޓަރ ސްވިމިންގ ޗެމްޕިއަންޝިޕުގައި ވާދަކުރާ ފެތުންތެރިން އިންޑޮނޭޝިއާގެ ބާލީއަށް ހިނގައްޖެއެވެ.
މި މުބާރާތް ބާލީގައި އޮންނާނީ މި މަހުގެ 13 އިން 15 އަށެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުނަރުވެރި ފެތުންތެރިންނަކީ ޝައިމް ހުސެން އިބްރާހީމް، އިބްރާހިމް ޔުއާން ޝަމީމް، އަޔާނާ އަރީފް އަދި އަލްޔާ އަޝްރަފެވެ. މީގެ އިތުރުން މެނޭޖަރެއްގެ ގޮތުގައި ޝާދިޔާ ހަސަން ބައިވެރިވާއިރު، ކޯޗުގެ ގޮތުގައި އިބްރާހިމް އަލީ ބައިވެރިވާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.