ENGLISH
12 ޖޫން 2026
ކުލަގަދަ ރަސްމިއްޔާތަކާއެކު ފީފާ ވޯލްޑް ކަޕް 2026 ފަށައިފި
11 ޖޫން 2026
|
ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ކުލަގަދަ ހަރަކާތްތަކަކާއެކު ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މުބާރާތް ފަށާ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާއިރު، މި މެޗުގެ ކުރިން މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމެއްގެ ހަސިއްޔަތުން މެކްސިކޯ ސިޓީގެ ފަރާތުން ކުޅިބަލަން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ، ފީފާގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މެކްސިކޯއަށް އުފަން އެމެރިކާގެ ފިލްމީ ތަރި، ޑިރެކްޓަރ އަދި ޕްރޮޑިއުސަރ ސަލްމާ ހަޔެކް ޕިނޯލްޓެވެ. މިހަރަކާތުގައި މެކްސިކޯގެ ސަގާފަތް ދައްކުވައިދީފައިވާއިރު، ވޯލްޑް ކަޕާއި ގުޅުންހުރި ތަފާތު މެސެޖުތަކެއް ދެމުންދިޔައެވެ.
ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގެޓީ
މި ފަހަރުގެ މުބާރާތައް ތައްޔާރުކޮށްފައިވާ، ވޯލްޑް ކަޕް ލަވަ އަލްބަމްގެ ލަވަތައް ވަނީ ހުށަހަޅާދީފައެވެ. އޭގެ ތެރޭގައި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ނައިޖީރިއާގެ ބާނާ ބޯއީގެ "ޑައި ޑައި" ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ވޯލްޑް ކަޕް އަލްބަމްގެ ލަވަތައް ކިޔާފައިވާ އެހެން ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ. އޭގެތެރޭގައި އަލެހަންދްރޯ ފެނާންޑޭޒް، ބެލިންޑާ، ޑެނީ އޯޝަން، ޖޭ ބަލްވިން، ލީލާ ޑައުންސް، ލޮސް އެންޖެލިސް އަޒޫލެސް، މަނާ އަދި ޓައިލާ ފަދަ ގިނަ ފަންނާނުންތަކެއް މި ރަސްމިއްޔާތުން ފެނިގެންދިޔައެވެ.
ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގެޓީ
މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ގިނަ ކަންތައްތަކެއް ފާހަގަވެންދާ މުބާރާތެކެވެ. އެގޮތުން މިރޭގެ މި ރަސްމިއްޔާތާއެކު މެކްސިކޯ ސިޓީ ސްޓޭޑިއަމް ވެގެންދިޔައީ ހުޅުވުމުގެ ރަސްމިއްޔާރު 3 ފަހަރު ބޭއްވި ފުރަތަމަ ސްޓޭޑިއަމަށެވެ.
މީގެ އިތުރުން މި މުބާރާތަކީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މުބާރާތް ބާއްވާ ތިން ގައުމުގައި، ފެށުމުގެ ރަސްމިއްޔާތުތައް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ފަހަރު މުބާރާތުގައި މުބާރާތް ބާއްވާ ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު ކެނެޓާގެ ޓްރޮންޓޯގައި ޚާއްސަ ރަސްމިއްޔާތު ބާއްވާނެއެވެ. އަދި އެމެރިކާގެ ލޮސް އެންޖެލިސްގައި، އެމެރިކާ އަދި ޕެރެގުއޭ ބައްދަލުކުރާ މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާނެއެވެ.