ENGLISH

12 ޖޫން 2026

Advertisement

ހިމަ ބިހި ވެކްސިންގެ 20 ހާސް ޑޯސް އަދި ތިން ޓަނުގެ މެޑިކަލް ސާމާނު އިންޑިޔާއިން ހަދިޔާކޮށްފި

11 ޖޫން 2026

|

އަޙުމަދު ޙަމީދު

އިންޑިއާ އިން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް ހަދިޔާކުރުން --

އިންޑިއާ ސަރުކާރުން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފި އެވެ.

މީގެތެރޭގައި އެމް.އާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ ސާމާނު ހިމެނެ އެވެ. އެގޮތުން ހިމަ ބިހި ވެކްސިންގެ 20 ހާސް ޑޯސް ވަނީ ހަދިޔާކޮށްފަ އެވެ.

މިކަމަށްޓަކައި މި މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އެވެ. 

ދިވެހިރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓަރ ގީލާ އަލީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު