ENGLISH
04 އޭޕްރީލު 2026
ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ގއ. އޭއީސީއަށް ފޮނުވައިފި
04 އޭޕްރީލު 2026
|
ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ތައުލީމީ ވުޒާރާއިން ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ފޯރުދިނުމުގެ ތެރެއިން. ފޮޓޯ؛ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ތައުލީމީ ވުޒާރާއިން އެ ސްކޫލަށް ފޮނުވައިފި އެވެ.
ގއ. އޭއީސީން ބުނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މަރުކަޒުގެ ކިޔަވައިދިނުން މެދުކެނޑުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި ތައުލީމީ ވުޒާރާއިން ވަނީ 36 ގަޑިއިރުގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ މުހިންމު ތަކެތި ހަމަޖައްސައިދީފައިކަމަށެވެ. މިގޮތުން، 10 ކޮމްޕިއުޓަރު ސިސްޓަމާއި، ތިން ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް އެއާރ ކާގޯ މެދުވެރިކޮށް މިހާރު ވިލިނގިއްޔަށް ފޮނުވާފައިވާކަމަށް ގއ. އޭއީސީން މައުލޫމާތުދެއެވެ.
ގއ. އޭއީސީން ބުނީ، އަންނަ އަންގާރަ ދުވަހުގެ ކިޔެވުން އާންމު ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީން ތައުލިމީ ވުޒާރާގެ ފަރާތުން ދީފައިވާކަމަށެވެ.
ގއ. އޭއީސީގެ އޭސީއެއްގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ހާދިސާއާ ގުޅިގެން އެ ސްކޫލުގެ އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި ޕްރިންޓިން ރޫމުގެ އިތުރުން އެއް ކިލާސްރޫމް ވަނީ އަނދައިގެން ގޮސްފަ އެވެ.
މި އިމާރާތުގައި ރޯވި އަލިފާން ނިންވާލީ ކަމާ ގުޅުންހުރި އިދާރަތަކާއެކު އެ ރަށު ރައްޔިތުން ކުރި މަސައްކަތުން ބައގަޑިއެއްހާއިރުގެ ތެރޭގައެވެ.