ENGLISH
04 އޭޕްރީލު 2026
ހުޅުމާލެ ފޭސް 3 ގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ
04 އޭޕްރީލު 2026
|
ފޭސް 3 ގައި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދަނީ. ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ހުޅުމާލެ ފޭސް 3 ގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި މިއަދު ހަވީރު 17:12 ހާއިރު ހުޅުމާލޭގެ ފޭސް 3 ގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނު ކަމަށެެވެ.
މީގެ އިތުރުން، އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ އެކޮމޮޑޭޝަން ބްލޮކަކީ ކުރިން މީހުން އުޅުން ބްލޮކެކެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފެށި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތުދީފައެވެ.
މިހާތަނަށް މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބބިފައެއް ނުވެއެވެ. އަދި އެމްއެންޑީއެފްއިން އަލިފާންގަނޑު ނިއްވާލުމަށް ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.
މިއަދު އަލިފާނުގެ މި ހާދިސާ ހުޅުމާލޭގައި ހިނގާފައިވާއިރު، މިއީ މި ހަފްތާ ތެރޭގައި ހިނގައިދިޔަ މިފަދަ އަލިފާނުގެ ތިން ވަނަ ހާދިސާއެވެ.
އެގޮތުން ނިމިދިޔަ ބުރާސްފަތި ދުވަހު ގއ.ވިލިނގިލީ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އަދި ހުކުރު ދުވަހު، ރ.އަލިފުށީގައި މީހުން ދިރިއުޅޭ ގެއަކު އަލިފާން ރޯވެ އެ ގޭގައި ދިރިއުުޅޭ ދެމަފިރިންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވެއެވެ.