ENGLISH
03 އޭޕްރީލު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ޖެހެނީ ކޮރަޕްޝަން ނައްތާލައި، ޑިމޮކްރަސީ ހަރުދަނާކުރުމަށް: ރައީސް
03 އޭޕްރީލު 2026
|
ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ: މީސްމީޑިއާ
އެންމެ މަޤްބޫލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ތާއީދުކުރައްވަނީ ކޮރަޕްޝަން ނައްތާލައި ޑިމޮކްރަސީ ހަރުދަނާކުރަން ބޭނުންފުޅުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާދަމާ އޮންނަ އިންތިޚާބުގެ ކުރިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބުމުގެ ފުރުޞަތު ކުޑަވާނެ ކަމަށެވެ. އަދި، އެއް ޕާޓީއަކަށް ބޮޑު ތާއީދު ލިބުމަށްވުރެ ޕާޓީތަކަށް ބެހިގެންދާ ގޮތަކަށް މެންބަރުން އިންތިޚާބުވެގެން ދިއުމަކީ ރަނގަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ނިންމުމަށް ހުށަހަޅަނީ، ސިޔާސީ އަމިއްލަ ފައިދާއެއް ނެގުމުގެ ބަދަލުގައި ޤައުމު އިސްކުރާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އިދިކޮޅު ފަރާތްތަކުން ވޯޓާ ދެކޮޅަށް ދައްކަވާ ވާހަކައިގައި އެއްވެސް އަސްލެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޭރުން އެންމެ ގިނަ ރައްޔިތުން ވޯޓު ލައިގެން އަންނަ މެންބަރުން އަންނާނީ، ކޮރަޕްޝަން ނެތިގެން ދަނީ މި ނިޒާމުގެ ތެރެއިން. ކޮރަޕްޝަން ނައްތާލުމަށްޓަކައިވެސް ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ވެސް. ނިޒާމު ހަރުދަނާކުރުމަށްޓަކައި ވެސް ޗެކް އެންޑް ބެލެންސް ނިޒާމު ހަރުދަނާކުރުމަށްޓަކައިވެސް ކުރަންވީ ކަމަކީ މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނިންމަންވީ. އެއީ ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުން އޮންނާނީ މާދަމާ އެވެ.