ENGLISH
03 އޭޕްރީލު 2026
އިންތިޚާބުގެ ކުރީން ދިޔާނާގެ ފަހުގެ މެސެޖު: މަޖިލީސް އިންތިޚާބު މިނިވަން، އިންސާފުވެރިވާން އެދޭނަމަ ފެންނަ ނުފެންނަ ވޯޓްގައި "އާނއެކޭ" ބުނޭ، މިއޮތީ ސަބަބު
03 އޭޕްރީލު 2026
|
ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު
އެންމެ މަޤްބޫލު
މަޖިލިސް އިންތިޚާބު މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހަދަން ބޭނުންނަމަ ފެންނަ ނުފެންނަ ވޯޓުގަ ބުނަންޖެހެނީ އާނއެކޭ ކަމުގައި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މާދަމާ އޮންނަ އިންތިޚާބާއި ގުޅޭގޮތުން ކުރެއްވި ފަހުގެ މެސެޖުގަ އެވެ. ވިދާޅުވީ މަޖިލިސް އިންތިޚާބު މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހަދަން ބޭނުންނަމަ ފެންނަ ނުފެންނަ ވޯޓުގަ ބުނަންޖެހެނީ އާނއެކޭ ކަމުގަ އެވެ.
އެކަމުގެ ސަބަބުވެސް ސާފުކޮށް ވިދާޅުވެ ދެއްވި އެވެ. ދިޔާނާ ވިދާޅުވީ ރައީސަކު ހޮވި، މަޤާމުގަ ހުންނަވާތާ ހަ މަސްފަހުން ނުވަތަ 2 އަހަރު ފަހުންވިޔަސް މަޖިލިސް އިންތިޚާބު ބޭއްވީމާ ރައީސް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުން ނިކުންނަނީ ތިމަންމެންނަކީ ސަރުކާރުގެ ކެންޑިޑޭޓުންނޭ ބުނަމުން ކަމަށެވެ. އަދި ކަންކަންކޮށްދެވޭނީ ތިމަންމެންނަށްކަމަށް ބުނަމުން ކަމަށެވެ.
އެހެންވީމާ އިންތިޚާބު ފެށެނީ ދެފަރާތަށް ހަމަހަމަވާ، އިންސާފުވެރި ފެށުމަކުންނޫން ކަމުގައި ވިދާޅުވި އެވެ.
އެއާ ޚިލާފަށް ރިޔާސީ ދައުރެއް ނިމިގެން އާ ދައުރަކަށްކުރިމަތިލާއިރު، އެއްސަރުކާރުގެ ދައުރު ނިމި، ދެން ހޮވޭ ސަރުކާރެއް ނޭނގޭތީ "ސަރުކާރު ކެންޑިޑޭޓުން" ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން، ކަންކަން ކޮށްދެވޭނީ "ސަރުކާރު ކެންޑިޑޭޓް" ހޮވީމާ ކަމަށް ބުނެ، ނުފޫޒު ވައްދާ އިންތިޚާބުގެ މިނިވަންކަމާ އިންސާފުވެރިކަން ނަގާނުލެވޭނެ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.