ENGLISH
03 އޭޕްރީލު 2026
ހުޅުދުއްފާރު ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފި
03 އޭޕްރީލު 2026
|
ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އާރުޑީސީ
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރ. ހުޅުދުއްފާރުގައި ޤާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމި، ދަނޑުގެ މަސައްކަތް އެއްކޮށް ނިންމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.
އާރުޑީސީއާ މި މަ މަޝްރޫއު ހަވާލުކޮށްފައިވަނީ 4.9 މިލިއަން ރުފިޔާ އަށެވެ.
ކުޅިވަރުގެ ދާއިރާއަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި އަންނަނީ ހިންގަމުންނެވެ.
ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އާރުޑީސީ
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާއިރު، މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންގެ މެދުގައި މަގްބޫލު ފުޓްސަލަށް ހާއްސަ ދަނޑުތައް އެޅުމާއި، މިހާރު އަޅާފައިވާ ދަނޑުތަކުގެ ޓާފް މަރާމާތުކުރުމާއި، ޓާފް އައު ކުރުން އަދި ލައިޓް ހަރުކުރުން ފަދަ ކަންކަން ކުރުމަށްވެސް މި ސަރުކާރުން އަންނަނީ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަމުންނެވެ.