ENGLISH
03 އޭޕްރީލު 2026
ނުފޫޒުން އެއްކިބާވެ، އިންތިޚާބަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރަން އެޗްއާރުސީއެމްގެ ރައީސް އިލްތިމާސްކުރައްވައިފި
03 އޭޕްރީލު 2026
|
ހިއުމަން ރައިޓްސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އެޗްއާރުސީއެމް
އެންމެ މަޤްބޫލު
މާދަމާ އޮންނަ އިންތިޚާބުގައި ނުފޫޒުން އެއްކިބާވެ، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަށާއި، އަދި ވޯޓުގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ވޯޓުލުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކު އަދާކުރަންޖެހޭ މުހިއްމު ޒިންމާއަކަށް ވީހިނދު، އެ ޙައްޤު ފުރިހަމަކަމާއެކު އަދާކުރަން ޖެހޭ ކަމަށެވެ.
ރަމީލާ ވިދާޅުވީ، ކޮންމެ މީހަކު ލާ ވޯޓަކީވެސް އެމީހަކު އަމިއްލަ އިޚްތިޔާރުގައި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް ދޭ ވޯޓަކަށް ހަދަންޖެހޭ ކަމަށެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގެ އިތުރުން، ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ޑރ. ރަމީލާ ވަނީ ގޮވާލައްވައިފައެވެ.
ޑރ. ރަމީލާ އިތުރަށް ވިދާޅުވީ، ވޯޓުލާ ވަގުތާއި އަދި ވޯޓުގެ ނަތީޖާ މަރުޙަލާގެ އިތުރުން އޭގެފަހުން ވެސް މުޖުތަމަޢުގެ މަޞްލަޙަތު އިސްކޮށް، އެކުވެރިކަމާއި އިޙްތިރާމުގެ ސިފަތައް ކުރިއަށްނެރެން ޖެހޭ ކަމަށެވެ. އަދި، ދެބަސްވުމެއް އުފެދިއްޖެ ނަމަ ޤާނޫނީ އިމުގެ ތެރެއިން ޞުލްހަވެރިކަމާއެކު ޙައްލުކުރުމަށް ޑރ. ރަމީލާ ވަނީ އެދިވަޑައިގެންފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ މާދަމާ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މި ވޯޓަށް ތައްޔާރުވުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.