ENGLISH
03 އޭޕްރީލު 2026
ކޮންގްރެސްއިން ތާރީޚީ ހިނގާލުމެެއް: މަޖީދީމަގުގެ ބޮޑުބައެއް ފުރާލައިފި
03 އޭޕްރީލު 2026
|
މިއަދުގެ ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވޭ --
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ބާއްވާ ޚާއްސަ ހިނގާލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.
"ރައްޔިތުންގެ ބޮޑު ހިނގާލުން" މާލޭގެ މައިމަގު މަޖީދީމަގުގައި މިހާރު ދަނީ ކުރިއަށެވެ. މިއަދުގެ ހިނގާލުމުގައި ޕީއެންސީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.
އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޮންގްރެސްއަށް ނިސްބަތްވާ އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ.
މަޖީދީމަގުގެ ބޮޑު ބައެއް އޮތީ ފުރިފަ އެވެ. ކޮންގްރެސްގެ މި ހިނގާލުން ތާރީޚުން ވަނީ ޖާގަ ހޯދާފަ އެވެ. އެއީ އެންމެ ގިނަ ބަޔަކު ބައިވެރިވި އެއް ހިނގާލުމުގެ ގޮތުގަ އެވެ.
ހިނގާލުމުގައި ދަނީ މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލަމުންނެވެ. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދު މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޯޓްގައި "ފެންނަ" ކަމަށް ވޯޓް ދިނުމަށް ދަނީ ގޮވާލަމުންނެވެ.