ENGLISH

03 އޭޕްރީލު 2026

Advertisement

ސުކޫކު ދެއްކުމުން ރައްޔިތުންގެ މުހިންމު އެސެޓްތަކެއް ރަހުނުން ސަލާމަތް ވެއްޖެ

03 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ދަރުމަވަންތަ ހޮސްޕިޓަލް: ކުރީ ސަރުކާރުން ލޯނު ނެގީ މިތަންތަން ރަހުނުކޮށްފައި --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ޚަލާސްކުރުމުން ދިވެހި ރައްޔިތުންގެ މުހިންމު އެސެޓްތަކެއް ރަހުނުން ސަލާމަތް ވެއްޖެ އެވެ.

މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށް 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގަ އެވެ. އަދި އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި އެވެ.

އަނެއްކޮޅުން ލޯނުތައް ނެގީ ދިވެހީންގެ ހަރުމުދާތައް ރަހުނުކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި މާލޭ ސަރަޙައްދުގައި ހުރި އެތައް ސުކޫލް އިމާރާތަކާއި ދައުލަތުގެ ބައެއް މުހިންމު އިދާރާތައް ހިންގަމުންދާ އިމާރާތްތައް ވެސް ހިމެނެ އެވެ. މާލޭގެ 11 ސުކޫލެއް ވެސް ވަނީ ރަހުނުކޮށްފަ އެވެ. މިއީ ލޯނު ނުދެއްކިއްޖެ ޙާލަތެއްގައި ދަރަނި ދިން ފަރާތަށް ނެގޭނެ ތަންތަނެވެ.

ނަމަވެސް ދިވެހިރާއްޖެގެ ތާރީހުގައި ދަރަނި އަދާކުރުމަށް ނުވަތަ އެނޫންވެސް ކަމެއްގައި އެއްފަހަރާ ސަރުކާރުން ދެއްކި އެންމެ ގިނަ ފައިސާ ދައްކައި ހަލާސްކުރުމުން މި މުހިންމު އެސެޓްތައް ރަހުނުން ސަލާމަތްވީ އެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީހުގައި އެއްފަހަރާ ސަރުކާރުން އަދާކުރި އެންމެ ގިނަ ފައިސާ އެވެ. 

މިކަމުން ފެނިގެން ދިޔައީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހަރުދަނާކަމެވެ. މާލީ ރަނގަޅު ސިޔާސަތުތަކާއި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ދައުލަތަށް މާލީ ގޮތުން ނޭވާލާނެ ޖާގައެއް ތަނަވަސްވީ އެވެ. މި ޖާގަ ބޭނުންކޮށްގެން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ހަލުއިކުރެވި، ގައުމީ ތަރައްގީގެ އަމާޒުތައް ހާސިލުކުރެވޭނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު