ENGLISH

03 އޭޕްރީލު 2026

Advertisement

ކޮބާ ތައްޔާރު! ކޮންގްރެސްގެ "ރައްޔިތުންގެ ބޮޑު ހިނގާލުން" ފެށެނީ

03 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޕާޓީން ކުރީން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ބާއްވާ ޚާއްސަ ހިނގާލުން މިއަދު ހަވީރު އޮންނާނެ އެވެ.

"ރައްޔިތުންގެ ބޮޑު ހިނގާލުން" ފެށޭނީ ޕީއެންސީ ޖަގަހަ ކުރިމަތީންނެވެ. މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ އެދިފަ އެވެ.

މިއަދުގެ ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިހާރުވެސް އާންމުން ދަނީ އެ ސަރަޙައްދަށް ޖަމާވަމުންނެވެ.

ހޮނިހިރު ދުވަހު މުހިންމު ތިން ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެވެ. ފެންނަ ނުފެންނަ ވޯޓް ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދު އެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ކޮންގްރެސް ޕާޓީންނެވެ. މިދިޔަ ދެ މަހެއްހާ ދުވަހު އެ ޕާޓީން ވަނީ ވަރުގަދަ ކެމްޕެއިނެއް ވަރަށް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ.

އިންތިޚާބުގެ ކުރީން ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު