ENGLISH

03 އޭޕްރީލު 2026

Advertisement

އެމްޑީޕީން މިއަދު ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދު ގަންނަންޖެހޭނެ : މުޙައްމަދު ޝަކީލް

03 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް-- ފޮޓޯ: ޕީއެސްއެމް

އެމްޑީޕީ ސަރުކާރުން ދިވެހި ގައުމާއި ރައްޔިތުންނަށް ބޮޑު ހިޔާނާތެއް ވެފައި، މިއަދު އެމްޑީޕީން ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އަންނަން ލަދުގަންނަންޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް މިފަދައިން ވިދާޅުވީ 2021 ވަނަ އަހަރު ސުކޫކެއް ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏާއެކު އެއާއެކު ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24 މިލިއަން ޑޮލަރު، ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގަ އެވެ.

މިޕޯސްޓުގައި އިރުރަށް ޝަކީލް ފާހަގަކުރެއްވީ، އެމްޑީޕީގެ ސަރުކާރުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ބޮޑެތި އަދަދުތަކުން ގައުމު ދަރުވާލައި، ގައުމު ބަނގުރޫޓު ވުމާ ދިމާލަށް ދަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ދަރަނިތައް ދައްކައި ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރެއްވިކަމެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު ނުވަތަ 8 ބިލިއަން ރުފިޔާ ސަރުކާރުން އިއްޔެ ދައްކާ ހަލާސްކުރީ އެ ސުކޫކު ދައްކަން ޖެހޭ މުއްދަތަށް ވުރެ ކުރިންނެވެ.

ސުކޫކަށް ދެއްކި 524.68 މިލިއަން ޑޮލަރު ގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ.

މި ސުކޫކު ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު