ENGLISH
03 އޭޕްރީލު 2026
ތަޖުރިބާކާރު ޙިކުމަތްތެރިންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަ ނަމަ ބުނަން ޖެހޭނީ އާނއެކޭ: ދިޔާނާ
03 އޭޕްރީލު 2026
|
ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު
އެންމެ މަޤްބޫލު
ތަޖުރިބާކާރު، ޙިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމުގައި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މާދަމާ އަކީ ތިން އިންތިޚާބެއްގެ ވޯޓް ނެގުން އޮންނާނެ ދުވަހެކެވެ.
އެއް ވޯޓަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓެވެ. ދެން އޮތީ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެންބަރުން އައްޔަނުކުރުމުގެ ވޯޓެވެ. އެންމެ މުހިންމު ވޯޓެއްގެ ގޮތުގައި އޮތީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
އެ ވޯޓާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އުސްތާޛާ ދިޔާނާ ސަޢީދެވެ. ޚާއްސަކޮށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް އެކަމަނާ ވަނީ ވިދާޅުވެ ދެއްވާފަ އެވެ.
ދިޔާނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަޖުރިބާކާރު، ޙިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމުގަ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި "ފެންނަ" ކަމަށް ވޯޓް ދޭން ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީއާ އެމްޑީއޭއާ ޖުމްހޫރީ ޕާޓީން ވަނީ އެދިފަ އެވެ.