ENGLISH
03 އޭޕްރީލު 2026
އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމަކީ ލިބުނު ހިތްވަރެއް: ނަޝީދު
03 އޭޕްރީލު 2026
|
ރައީސް ނަޝީދު. ތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމަކީ ލިބުނު ހިތްވަރެއްކަމަށް ވިދާޅުވި.
އެންމެ މަޤްބޫލު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނެގި ސުކޫކަށް ދައްކަންޖެހޭ ޖުމުލަ އަދަދު އިތުރު ދަރަންޏެއް ނުނަގައި މި ސަރުކާރުން ދެއްކުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ 2021 ވަނަ އަހަރު ސުކޫކެއް ވިއްކައިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏާއެކު އެއާއެކު ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު ނުވަތަ 8 ބިލިއަން ރުފިޔާ ސަރުކާރުން އިއްޔެ ދައްކާ ހަލާސްކުރީ އެ ސުކޫކު ދައްކަން ޖެހޭ މުއްދަތަށް ވުރެ ކުރިންނެވެ.
ސުކޫކަށް ދެއްކި 524.68 މިލިއަން ޑޮލަރު ގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ.
މި ސުކޫކު ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.