ENGLISH

03 އޭޕްރީލު 2026

Advertisement

ޓެކްސީ ލައިންގެ ޚިދުމަތް މިއަހަރު އައްޑޫ ސިޓީގައި ތަޢާރަފުކުރަނީ

03 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ވަޒީރު އަމީން. ފޮޓޯ؛ ރައީސް އޮފީސް

ސަރުކާރުން ތައާރަފްކުރި ޓެކްސީލައިންގެ ހިދުމަތް މިއަހަރުގެތެރޭގައި އައްޑޫސިޓީގައި ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.  

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޓެކްސީ ހޯދުމުގައި އައްޑޫގެ ރައްޔިތުންނަށްވެސް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވާފަ އެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޓެކްސީ ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިއަހަރުތެރޭ އައްޑޫ ސިޓީގައި ޓެކްސީލައިންގެ ހިދުމަތް ގާއިމްކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ. 

"ރައީސް އަޅުގަނޑުމެންނަށް ދީފައިވާ އިރުޝާދާއެކީގަ މާލޭން ބޭރުގަ އެއީ އައްޑުއަތޮޅުގަވެސް މިފަދަ މުހިންމު ޚިދުމަތަކަށް މިހާރު ބޭނުންވެފަވާތީ އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރަމުން ގެންދަމު. އިރާދަކުރެއްވިއްޔާ މާލޭގަ މި ޚިދުމަތް އިފްތިތާޙްކުރެވުނު ފެންވަރުގަ ވަރަށް އަވަހަށް މިއަހަރުތެރޭގައި އައްޑޫސިޓީގައި ޓެކްސީ ލައިނެއް ޤާއިމްވެގެންދާނެ،". ވަޒީރު ވިދާޅުވި އެވެ. 

މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ވެސް ވަޒީރު ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު