ENGLISH
03 އޭޕްރީލު 2026
ކުރިއަށް އޮތް ހަތް ދުވަހު ޓެކްސީ ލައިންގެ ހިދުމަތް ހިލޭ ދެނީ
03 އޭޕްރީލު 2026
|
ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް އޮތް ހަތް ދުވަހު ރައްޔިތުންނަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.
މިކަން ހާމަކޮށް އެމްޓީސީސީން ބުނީ ރޭ އިފްތިތާހު ކުރެވުނު މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުގެ މަތިން އެ ހިދުމަތުން އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުން ހިޔާލު ހޯދުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒުކަަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އެކުންފުނިން މިހާރު ވަނީ 1655 ހޮޓްލައި މެދުވެރިކޮށް ދަތުރުތައް ބުކްކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލާފަ އެވެ.
ހިލޭ ހިދުމަތް ފޯރުކޮށްދޭ މުއްދަތުގައި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުން ދޭ ހިޔާލާއެކު ކުރިމަގުގައި މި ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުންފުނިން ކުރާނެކަމަށް އެމްޓީސީސީން ބުނެ އެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. ރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެ އެވެ.