ENGLISH

03 އޭޕްރީލު 2026

Advertisement

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަނީ

03 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑު ގެއްލުމެއް ލިބިފައިވާކަމަށާއި އެހެންނަމަވެސް އަންނަ ހަފްތާގައި ކިޔެވުން ފެށެންވާއިރަށް ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރައްވާނެކަމަށް ތައުލީމީ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ރޯވެ އެއް އިމާރާތް އެެއްކޮށްވަނީ އަނދާފަ އެވެ. 

އޭސީއެއްގައި ރޯވުމުގެ ސަބަބުން އަނދައިގެން ދިޔައީ އެއް ބްލޮކެއްގައި ހުރި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި ޕްރިންޓިން ރޫމުގެ އިތުރުން އެއް ކްލާސްރޫމެވެ.

މި އިމާރާތުގައި ރޯވި އަލިފާން ނިންވާލީ އެ ރަށު ރައްޔިތުން ނުކުމެ ބައގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

ވަޒީރު ޝަފީޢު ވިދާޅުވެފައި ވަނީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އަދި، ސްކޫލަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.

އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ޑރ. ޝަފީއު ވިދާޅުވެފައި ވެއެވެ.

"މި ފުރުސަތުގައި، އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވަމެވެ. ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް ، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަމެވެ." ފޭސްބުގައި އެމަނިކުފާނު ރޭ ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު