ENGLISH
03 އޭޕްރީލު 2026
ކޮންގްރެސްގެ ކެމްޕެއިން ނިންމަން "ރައްޔިތުންގެ ބޮޑު ހިނގާލުން"
03 އޭޕްރީލު 2026
|
އެންމެ ފަހުން އޮތް ބޮޑު ރެލީގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
"ރައްޔިތުންގެ ބޮޑު ހިނގާލުން" އޮންނާނީ މާދަމާ ހަވީރު 4:00 ގަ އެވެ. ހިނގާލުން ފެށޭނީ ޕީއެންސީ ޖަގަހަ ކުރިމަތީންނެވެ. މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ އެދިފަ އެވެ.
މާދަމާގެ ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހޮނިހިރު ދުވަހު މުހިންމު ތިން ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެވެ. ފެންނަ ނުފެންނަ ވޯޓް ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދު އެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ކޮންގްރެސް ޕާޓީންނެވެ. މިދިޔަ ދެ މަހެއްހާ ދުވަހު އެ ޕާޓީން ވަނީ ވަރުގަދަ ކެމްޕެއިނެއް ވަރަށް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ.
އިންތިޚާބުގެ ކުރީން ވެސް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.