ENGLISH

03 އޭޕްރީލު 2026

Advertisement

ރައީސް ދައްކައިދިނީ ޒިންމާ އަދާކުރުމުގެ ނަމޫނާއެއް: ޤާސިމް

03 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ޤާސިމް އިބްރާހިމް.. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ޚަލާސްކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް, ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ. މިދަރަނި އަދާކުރެވުމާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައިކަން ފާހަގަކުރުމާއެކު ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި ކަމަށެވެ. 

ޤާސިމް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުކޫކު ދެއްކުމުން ހާމަވެގެން ދިޔައީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ. އަދި ރައީސްގެ ޒައާމަތަށް ތަޢުރީފު ކުރައްވާ ޤާސިމް ވިދާޅުވީ މިއީ އެމަނިކުފާނު ހޯއްދެވި މުހިންމު ކާމިޔާބެއް ކަމަށެވެ. މި ކާމިޔާބު އަކީދައުލަތުގެ ޒިންމާތައް އަދާކުރެއްވުމުގައި ރައީސްގެ ސާބިތުކަން ހާމަކޮށްދޭ ހެއްކެއް ކަމުގައި ވިދާޅުވި އެވެ.

މުޅި ދުނިޔޭގެ އިޤްތިސާދަށް ގޮންޖެހުން ބޮޑު މިފަދަ ދަނޑިވަޅެއްގައި މިވަރުގެ ލޯނެއް އަދާކުރުމަކީ ރާއްޖޭގެ މާލީ ކަންކަން އިތުބާރު ލިބި އިންވެސްޓްމަންޓްތަކަށް އިތުރަށް މަގުފަހިވެ ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެން ދާނޭ ކަމެއް ކަމުގައިވެސް ޤާސިމް ވިދާޅުވި އެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.

ޤާސިމް ވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދެވި ކާމިޔާބީއާ މެދު ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު