ENGLISH

03 އޭޕްރީލު 2026

Advertisement

އުކުޅުވަޅު ހުޅުގެ ހަލާކުވަމުންދާ ކައްޓަށް ފަރުވާދިނުމުގެ ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗްއަށް

02 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

'ކޯ ޑިކޮމްޕްރެޝަން' ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗްއަށް-- ފޮޓޯ: ޕީއެސްއެމް

އުކުޅުވަޅު ހުޅުގެ ހަލާކުވަމުންދާ ކައްޓަށް ފަރުވާ ދިނުމަށްޓަކައި، 'ކޯ ޑިކޮމްޕްރެޝަން' ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ތައާރަފުކޮއްފި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ބުނެފައިވަނީ، މި ފަރުވާއަކީ ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، "ބޯން ގްރާފްޓް" އަދި "ޕީ.އާރު.ޕީ" މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭ ފަރުވާއެއް ކަމަށެވެ. އަދި މިފަރުވާއަކީ 'މިނިމަލީ އިންވޭސިވް' ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސިއްޙީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކޮށް އާ ހިދުމަތްތައް ތަޢާރަފްކުރުމަށް، ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ލެބޯޓްރީ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުންވެސް ތަފާތު އާ ސާޖަރީގެ ހިދުމަތްތައް އައިޖީއެމްއެޗްގައި ވަނީ ފަށާފަ އެވެ. ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް، އުމްރާނީ ގޮތުން ތަރައްޤީކުރުމުގެ މަޝްރޫއުވެސް ސަރުކާރުން އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ޒާމަނީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތަކަށާ އަދި ދެއްވާ އެހީތެރިކަމަށް އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ހަލީމްގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މި ޚިދުމަތް ތަޢާރަފުކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުންގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ގާތުން، މެދުނުކެނޑި ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު