ENGLISH
02 އޭޕްރީލު 2026
ތާރީޚީ ކާމިޔާބީ: މިދިޔައަހަރު ބެހެއްޓި އޭޓީއެމްގެ އަދަދު 24 އަހަރުތެރޭ ބެހެއްޓި އޭޓީއެމްގެ އަދަދަށްވުރެ ދެގުނަ އިތުރު
02 އޭޕްރީލު 2026
|
ރޭ އޮތް ރަސްމިއްޔާތު --
އެންމެ މަޤްބޫލު
ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް ބީއެމްއެލްގެ އޭޓީއެމް ނެޓްވާކްގައި ހިމެނޭ އޭޓީއެމް އަދަދު އޭގެ ކުރީ 24 އަހަރަށް ވުރެ 2 ގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ރޭ އެ ބޭންކުން ސިންކްރޮނައިޒްކޮށް އެއްފަހަރާ، 90 ކޭޝްރީސައިކްލާ އޭޓީއެމް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދއްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލުން މިދިޔަ އަހަރު ތާރީހީ ބޮޑު ކާމިޔާބީއެއް ވަނީ ހާސިލުކޮށްފަ އެވެ.
"މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިއަދު މިހުޅުވޭ އޭޓީއެމްތަކުގެ ޖުމްލަ އަދަދު އޭގެ ކުރީގައި ހުރި އަދަދަށް ވުރެ ދެ ގުނަ އިތުރު," ޝަރީފް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ސެލްފްސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ޚިދުމަތެއްކަމަށާއި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ މި ސެލްފްސަރވިސް ބޭންކިން އޭޓީއެމް ޚިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަކޮށްދެނީ މި ޚިދުމަތް ބޭނުން ކުރަމުންދާ މިންވަރުން ކަމަށެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބު ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މުޅި އޭޓީއެމް ނެޓްވާރކް މެދުވެރިކޮށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި 8.4 މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭންކުން 105 ރަށުގައި އަލަށް ބެހެއްޓި އޭޓީއެމްތަކުން މިދިޔަ އަހަރު 356 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.