ENGLISH

02 އޭޕްރީލު 2026

Advertisement

އައްޑޫ ސިޓީ ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭ: މުޝްރިފް

02 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މުޝްރިފް، އައްޑޫ ކެމްޕެއިންގައި

އައްޑޫ ސިޓީ ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އިހުތިރާމް ލިބިގެންވާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޝްރިފް ޢަލީ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ވޯޓުލާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ އޮތް ތަނެއްގެ ގޮތުގައި ކައުންސިލް ހިންގިދާނެތޯ އުފެދޭ ސުވާލެވެ. އައްޑޫ ސިޓީގައި ބޭއްވި ހަފްލާއެއްގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޝްރިފް ވަނީ މިކަމަށް ސީދާ ރައްދުދެއްވައި، އައްޑޫ ސިޓީ ކައުންސިލަކީ ސިޔާސީ ކުޅިބަޔަކަށް ވުމުގެ ބަދަލުގައި، ޤާނޫނީ ހަމަތަކުގެ މަތިން ހިންގާ ވަރުގަދަ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ.

"ކައުންސިލަކީ އައްޑޫގެ ރައްޔިތުންގެ ތަނެއް. އެއީ މުއައްސަސާއެއްގެ ގޮތުގައި އިޙްތިރާމް ލިބިގެންވާ ތަނަކަށް ވާންޖެހޭ. ކައުންސިލްގެ ނިންމުންތައް ނިންމާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، ޤާނޫނުތަކާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކާއި، ހާމަކަން ބޮޑު އުސޫލުތަކުގެ މައްޗަށް ބިނާކޮށް،". މުޝްރިފް ވިދާޅުވި އެވެ.

މުޝްރިފްގެ މި ވިސްނުމަކީ އައްޑޫގެ މުސްތަޤްބަލަށްޓަކައި ރައްޔިތުންނަށް ދެއްވާ މުހިންމު ޔަޤީންކަމެއްގެ ގޮތުގައި އައްޑޫގެ ގިނަ ރައްޔިތުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު