ENGLISH

02 އޭޕްރީލު 2026

Advertisement

މަޝްރޫތައް ނިންމުން އަވަސްކުރުމަށް ގިނަ މެޝިނަރީތަކެއް ރާއްޖެ ގެނެސްފި

02 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

މެޝިނަރީތައް ހަވާލުކުރުމާއި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފި އެވެ.

މި ތަކެތި ރާއްޖޭގެ ސަރުކާރާއި ހަވާލުކުރައްވައި އެތަކެތި އިފްތިތާހް ކުރައްވާފައިވަނީ ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ތަކެއްޗަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސޮލިއުޝަން (އައިޑީއެސް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެވުނު ފަހުމުނާމާގެ އެއްގެ ދަށުން ހޯދާފައިވާ ތަކެއްޗެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަނީ އެއްފަހަރާ ގިނަ މަޝްރޫތައް ފަށަން ބޭނުންވާ 230 މެޝިނަރީ ވަނީ ރާއްޖެ ގެނެސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު އިއްވެވި ބަޔާނުގައި އެމަނިކުފާނު ވަނީ، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތައްތަކެއް މިއަހަރު އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އާރްޑީސީން ވިދާޅުވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަޝްރޫތައް ކުރިއަށް ގެންދެ އެވެ. އެގޮތުން ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމުގައި ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ބިންހިއްކުމާއި އަދިވެސް މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް މި މަޝްރޫތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު