ENGLISH
02 އޭޕްރީލު 2026
ހޮޅުދޫ ސިއްހީ މަރުކަޒުގައި މެޑިކަލް ވާކް ޕާމިޓް ހިދުމަތް ފަށައިފި
02 އޭޕްރީލު 2026
|
ހޮޅުދޫ ސިއްހީ މަރުކަޒުގައި މެޑިކަލް ވޯކް ޕާމިޓް ހިދުމަތް ދޭން ފެށުން. ފޮޓޯ: ހޮޅުދޫ ސިއްހީ މަރުކަޒު
އެންމެ މަޤްބޫލު
ނ.ހޮޅުދޫ ސިއްހީ މަރުކަޒުގައި މެޑިކަލް ވާކް ޕާމިޓް ހިދުމަތް ދޭން ފަށައިފި އެވެ.
މި ހިދުމަތް އެ މަރުކަޒުގައި ފައްޓަވައިދެއްވާފައިވަނީ، ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ.
ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރާއިރު، ވާކް ޕާމިޓް ހޯދަން ޖެހޭއިރު މިކަމަށް މެޑިކަލް ރިޕޯޓް ބޭނުންވެ އެވެ. އެގޮތުން ސަރުކާރުގެ ސިއްހީ ސިޔާސަތުގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި މެޑިކަލް ވޯކް ޕާމިޓް ހެދުމުގެ ހިދުމަތް ސަރުކާރުން އަންނަނީ ތައާރަފްކުރަމުންނެވެ.
ނިމިދިޔަ 2 އަހަރަށް ބަލާލާއިރު، ހޮޅުދޫ ސިއްހީ މަރުކަޒަށް ވަނީ ގިނަ ކުރިއެރުންތަކެއް އައިސްފައެވެ. އެގޮތުން މިހާރު ފެށިގެން މިދިޔަ ބިދޭސީންނަށް ވާކް ޕާމިޓް ދިނުމުގެ ހިދުމަތަކީ މި މަރުކަޒަަށް ލިބޭ އިތުރު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމަރުކަޒުން ވަނީ ފާހަގަކޮށްފަ އެވެ.
ހޮޅުދޫގައި މި ހިދުމަތް ފަށާފައިވާއިރު، މިއީ އެ އަތޮޅުން މި ހިދުމަތް ދޭން ފެށި 3 ވަނަ ރަށެވެ. މީގެ ކުރިން އެ އަތޮޅުން މި ހިދުމަތް ލިބެނީ ހަމައެކަނި މަނަދޫ އަދި ވެލިދޫ ހޮސްޕިޓަލުންނެވެ.
ވާކް ޕާމިޓުގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމެންޓް ހެދުން ކުރިއަށް ދާނީ، ހެނދުނު 09:00 އިން ފެށިގެން 12:00 އާ ހަމައަށެވެ. އަދި ހަފްތާގެ 3 ނުވަތަ 5 ދުވަހު މި ހިދުމަތް ލިބޭނެ އެވެ.
ބިދޭސީންގެ ވާރކް ޕަރމިޓް ދޫކުރާނީ "ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށް 2024ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވާރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހެ އެވެ.