ENGLISH

02 އޭޕްރީލު 2026

Advertisement

ހުޅުމާލެ ހޮސްޕިޓަލުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

02 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް (40އ)

ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާރިޗު 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން މާރިޗު 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް (40އ) ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު