ENGLISH

02 އޭޕްރީލު 2026

Advertisement

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އިތުރުކޮށްފި

02 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ރާއްޖެ ގެނެސްފައިވާ މުދާތަކެއް މާލޭ ވިޔަފާރި ބަނދަރަށް ބާލަނީ، އިންޑިއާއިން ވަނީ ރެކޯޑް އަދަދަކަށް ރާއްޖެއަށް ކޯޓާ އިތުރުކޮށްދީފައި. ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ ކޯޓާ އިތުރުކޮށްފި އެވެ. 

މިކަން ހާމަކުރީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ އާއްމުކުރި ބަޔާނެއްގައެވެ. 

ކޮމިޝަނުން އާއްމުކުރި ބަޔާނުގައި ބުނީ، ދެޤައުމުގެ ދެމެދުގައި އޮންނަ ޚާއްޞަ ގުޅުމުގެ ތެރެއިން މިއަހަރާއި އަންނަ އަހަރަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. 

އިންޑިއާގެ މި ނިންމުމަކީ 1981 ވަނަ އަހަރުން ފެށިގެން ޢަމަލުކުރާ މި އެއްބަސްވުމުގެ ދަށުން ކޯޓާ މިއަދަދަށް އިތުރުކުރި ފުރަތަމަ ފަހަރެވެ. 

ހައި ކޮމިޝަނުގެ ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 2026 އަދި 2027 ވަނަ އަހަރަށް އިންޑިއާ ސަރުކާރުން ބިސް، އަލުވި، ފިޔާ، ހަނޑު، ހަކުރު އަދި ހިލަ އަދި ހިލަވެލި ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާކަމަށެވެ.  

ބަޔާނުގައި ވަނީ، މި އަހަރު ތެރޭގައި ރާއްޖެއަށް ހަނޑޫ އެސްކޯޓް ކުރާ ކޯޓާ %77 އިތުރުވެފައިވާ ކަމަށް ބުނެފައެވެ. 

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް ކޯޓާ ރެކޯޑް އަދަދަކަށް އިތުރުކޮށްދިން އިރު، ދިވެހިރާއްޖެއާއި އެކި ގައުމުތަކާއެކު އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ ޓާމްސްް އޮފް ރިފަރެންސްްގައި މިދިޔަ މާރިޗު މަހު ވަނީ ސޮއިކޮށްފައެވެ. 

ވިޔަފާރީގައި ޓާމް އޮފް ރިފަރެންސްއަކީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން އެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުތުތަކާއި އަސާސީ ސިފަތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮނިގަނޑެކެވެ. ފަހުގެ މަރުހަލާތަކުގައި ކުރެވޭ މަޝްވަރާތަކަށް ފަހު ތަފުސީލު އެއްބަސްވުން އެކުލަވައިލެވޭއިރު އެ އެއްބަސްވުން ތައްޔާރުކުރެވޭނީ ޓާމްސް އޮފް ރިފަރެންސްގެ އިމުގެ ތެރޭގައެވެ. 

ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. 

މި ސަރުކާރުން އަންނަނީ ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކަކުން އިންޑިއާއާ ގުޅުން ބަދަހިކޮށް ދިވެހިންނަށް ފުރުޞަތު ފަހިކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު