ENGLISH

02 އޭޕްރީލު 2026

Advertisement

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަން ހަވާލުކޮށްފި

02 އޭޕްރީލު 2026

|

ޢަލީ ޝަހީމް

11 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަން ޙަވާލުކޮށްފިއެވެ. 

މި މަޝްރޫޢުތައް ޙަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.

މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫޢުތަކުގެ ތެރެއިން، ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ކުރިއަށްގެންދާނީ ނުނިމި ހުރި މަސައްކަތްތަކެވެ. 

ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ވެސް މަޝްރޫޢުގެ ދަށުން ކުރާނެއެވެ. 

ސިޓިތަކަށް ބަލާއިރު، ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. 

ސަރުކާރުން އަންނަނީ ރަށްރަށުގައި ހުރި މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު