ENGLISH

01 އޭޕްރީލު 2026

Advertisement

ބީއެމްއެލްއަށް ތާރީޚީ ރެއެއް: 70 ރަށެއްގައި ޑޮލަރު އޭޓީއެމް، 90 އޭޓީއެމް އިފްތިތާހުކޮށްފި

01 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބީއެމްއެލްއަށް ތާރީޚީ ރެއެއް: 70 ރަށެއްގައި ޑޮލަރު އޭޓީއެމް، ޖުމްލަ 90 އޭޓީއެމް އިފްތިތާހުކޮށްފައި --

ބޭންކް އޮފް މޯލްޑިވްސް އިން 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ޖުމްލަ 90 އޭޓީއެމެއް މިރޭ އިފްތިތާހުކޮށްފި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ އިފްތިތާހުކުރެވުނު 20, ދިވެހި ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި ވަނީ ޑޮލަރު އޭޓީއެމް ބަހައްޓާފަ އެވެ.

* ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

* ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

* ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

* ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

* ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

* ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

* ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް

* އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

* ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

* މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

* ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

* ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

* ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

* ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ފޯރުކޮށްފިނުމަށް ކަމަށާ 2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައި ކަން އެ ބެންކުން ފާހަގަ ކުރެ އެވެ.

މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުން ކަމަށް ވެސް ބުންޏެވެ. މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފަ އެވެ.

" މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު. އާދެ! މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ޚިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މިއޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތް ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު