ENGLISH

01 އޭޕްރީލު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް، ބަންގްލަދޭޝް ފައިނަލަށް

01 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ބަންގްލަދޭޝްއާ ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ސާފް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޭޕާލް 1-0 އިން ބަލިކޮށް، ބަންގްލަދޭޝް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 11 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ކާމިޔާބުކޮށްދިނީ އެމްޑީ މަނިކް އެވެ.

ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން އިތުރު ދެ ލަނޑުޖެހިއިރު، މި ދެ ގޯލުވެސް އޮފްސައިޑްކަމަށް ނިންމާ ރެފްރީ ގަބޫލެއްނުކުރިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިންޑިއާއާ ބޫޓާން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 3 ވަަނަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު