ENGLISH
01 އޭޕްރީލު 2026
ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްއެބަދޭ : އެމްޓީސީސީ
01 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ނ.ވެލިދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފަ އެވެ. ޖުމްލަ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ރައިސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެމްޓީސީސިއިން ބުނީ މި މަޝްރޫޢުގެ ދަށުން، ވެލިދޫގެ 2.7 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށެވެ. މިއީ 33.6 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ވެލިދޫގައި ކުރިއަށްދާ މި މަޝްރޫޢު ނިމުމުން، އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤުތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.