ENGLISH
01 އޭޕްރީލު 2026
ހޯމަ ދުވަހު ކިރުވި މަހަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި
01 އޭޕްރީލު 2026
|
ދޯންޏަކުން މަސްވެރިކަން ކުރަނީ --
އެންމެ މަޤްބޫލު
މާރިޗު މަހުގެ 30 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން ބުނި ގޮތުގައި މާރިޗް 30 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 1،902،480 ރ. (އެއް މިލިއަން ނުވަ ލައްކަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ ރުފިޔާ) އެވެ.
މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާތްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 30 ދޯންޔަކަށް 1،876،730 ރ. (އެއް މިލިއަން އަށް ލައްކަ ހަތް ދިހަ ހަ ހާސް ހަތަރު ސަތޭކަ ތިރީސް) ދީފާވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 4 ދޯންޔަކަށް8400 ރ. (އަށް ހާސް ހަތަރު ސަތޭކަ ) ދޫކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޔަކަށް 17،350 ރ. (ސަތާރަ ހާސް ތިންސްތޭކަ ފަންސާސް) ވަނީ ދޫކޮށްފަ އެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބޮޑު ދަރަނި ހަލާސްކުރައްވައި، 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.