ENGLISH

01 އޭޕްރީލު 2026

Advertisement

މީހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހަކު ހޯދަނީ

01 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މީހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން އާންމުކުރި ވިޑިއޯގައި ފެންނަ ގޮތުގައި އެ މީހާ ދުއްވި ސައިކަލުން މީހެއްގެ ގައިގައި ޖެހި ވެއްޓުމުން ވެސް މަޑެއް ނުކުރެ އެވެ. އަދި ވަރަށް ހަމަޖެހިލައިގެން ދާ މަންޒަރު ފެނެ އެވެ. އެކި ކެމެރާތަކުން ރެކޯޑްެވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ވެސް މީހަކަށް އޭނާގެ ފުށުން އަނިޔާވުމުން ވެސް އެއްވެސް ކަންބޮޑުވުމެއް ނުފެނެ އެވެ.

ފުލުހުން ބުނީ ވީޑިއޯގައި ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ނަމަ އެ މަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު