ENGLISH
01 އޭޕްރީލު 2026
މ.އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް އަަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
01 އޭޕްރީލު 2026
|
މ.އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތް އަަޅަން އެމްޓީސީސީއާ ހަވާލުކުރުން --
އެންމެ މަޤްބޫލު
މުލީގައި މ.އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މުލީގައި މ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރ އޮފް ސްޓޭޓް ފޮރް އެޑިއުކޭޝަން ޑރ.އަބްދުއްލަތީފް މުހައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.
އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން 3 ފަންގިފިލާގެ އިމާރާތެއް ބިނާކޮށް އެތާގައި 10 ކްލާސްރޫމް، 1 ލައިބްރަރީ، 1 އޭވީ ރޫމް، އަދި 1 ހެލްތް ރޫމް ހެދުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.
މިއީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.