ENGLISH

01 އޭޕްރީލު 2026

Advertisement

ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހާގެ ވީޑިއޯގެ ސްކްރީން ޝޮޓެއް.

މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ. 

ފުލުހުން މިއަދު ވަނީ ފިރިހެނަކު ދެނެގަތުމަށްޓަކައި ވީޑިއޯއެއް އާއްމުކޮށްފަ އެވެ. 

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ މާލޭ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ. 

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު