ENGLISH

01 އޭޕްރީލު 2026

Advertisement

ކުޅިވަރު ޖަމިއްޔާތަކަށް ޚާއްސަކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލް ތައާރަފުކޮށްފި

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

"ސްޕޯޓްގޭޓް" ޕޯޓަލް ތައާރަފުކުރުން. ފޮޓޯ؛ ކުޅިވަރާ ބެހޭ ވުޒާރާ

ސްޕޯޓްސް ކޮމިޝަންގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމަށް ފަރުމާކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

ހ. މީރުމާގައި ބޭއްވި ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމޭބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލް އެވެ.

"ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހު ކުރުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ކުލަބްތަކާއި ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ރަސްމީކޮށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމަށް ފަސޭހަކޮށްދިނުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލުމާތު ދެއެވެ.

އެގޮތުން ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވައިދު ހުށަހެޅުމާއި، ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް މި ޕޯޓަލްގެ ތެރެއިން ފަސޭހަވެގެންދާނެ ކަމަށް ވުޒާރާއިން ބުނެ އެވެ. 

މުހިންމު ޑޭޓާތައް ފަސޭހައިން ބަލާލެވޭނެ ފުރުސަތު މި ޕޯޓަލްގެ ތެރެއިން ކުޅިވަރު އާއިލާއަށް ފަހިވެފައިވާއިރު މި ބަދަލާއެކު ކުޅިވަރާ ގުޅުންހުރި މުހިންމު މުއާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވި، މުހިންމު މައުލޫމާތުތަކާ ލިޔެކިޔުންތައް އަރުޝީފު ކުރެވިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު